ނ. ލަންދޫގެ ބަނދަރު ރަސްމީކޮށް ހުޅުވައިފިއެވެ.
ލަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބަނދަރު ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ލަންދޫ ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ. އެ މަޝްރޫއުގެ ދަށުން 227 މީޓަރުގެ އެއްގަމު ތޮށިލައި ހާބަރަށް އިތުރުވި 251,41 ކިޔުބިކް މީޓަރުގެ ބޭސިން ފުންކޮށް، 1000 ކިޔުބިކް މީޓަރުގެ މިހާރު ހުރި ހާބާ ބޭސިން ފުންކުރުމުގެ އިތުރުން 5000 ކިޔުބިކް މީޓަރުގެ ނެރު ފުންކޮށްފައިވެއެވެ.
މީގެ އިތުރުން 387 މީޓަރުގެ ބޭރުތޮށި ލައި 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާފައިވެއެވެ. އަދި 750,1 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހަދައި، ބަނދަރު ބައްތި ޖެހުމުގެ އިތުރުން ރޭންޕެއް ހެދުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ލަންދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް މުހައްމަދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމު ބައިވެރިވެވަޑައިގެންނެވިއެވެ.