އެމެރިކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ އޮމެރިއޯން އޭނާގެ ނަން އޮމިކްރޯން އާ ވައްތަރު ކަމަށް ބުނެ ޖޯކު ޖަހަމުން ދާތީ މަޖާ ގޮތަކަށް އެކަމަށް ރައްދު ދީފިއެވެ.
37 އަހަރުގެ އޮމެރިއޯންގެ ނަން އޮމިކްރޯން އާ ގުޅުވަމުން ދާތީ އޭނާއަކީ އޮމެރިއޯން ކަމަށާއި އޭނާއަކީ ވޭރިއަންޓެއް ނޫން ކަމަށް ބުނެ ވަނީ ޕޯސްޓެއް ކޮށްފައެވެ. އަދި އޭނާއާ ބައްދަލުވާ ދުވަހުން ފެށިގެން 5 ދުވަސް ވަންދެން ކަރަންޓީން ވާން ނުޖެހޭނެ ކަމަށާއި އޭނާގެ ލަވަތައް އަޑު އަހައި ނެށުމަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާއެއް ހޯދަން ނުޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. ގިނަ ބަޔަކު މީސްމީޑިއާގައި އޭނާގެ ނަމާއި އޮމިކްރޯން ގުޅުވައިގެން މަޖާ މީމްތަކާއި ޕޯސްޓުތައް ކުރަމުން އައިސްފައިވާއިރު ބައެއް ތަރިން ވެސް ވަނީ އެކަމުގައި ބައިވެރިވެފައެވެ.
1984 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ގައި ކެލިފޯނިއާގެ އިންގަލްވުޑް އަށް އުފަންވި އޮމެރިއޯންގެ އަސްލު ނަމަކީ އޮމަރީ އިސްމާއިލް ގްރޭންޑްބެރީ އެވެ. އާރްއެންޑްބީ އަންހެން ގުރޫޕެއްގެ ބެކްގްރައުންޑް ނެށުންތެރިއެއްގެ ގޮތަށް ކެރިއަރު ފެށި އޮމެރިއޯން ވަނީ ފަހުން ލަވަކިޔުމުގެ ކެރިއަރެއް ބިނާކޮށް ބީޓޫކޭ ބޯއި ބޭންޑުގެ ލީޑު ލަވަކިޔުންތެރިޔާއަށް ވެފައެވެ. އޮމެރިއޯން ވަނީ މިދިޔަ އަހަރުގެ ''ދަ މާސްކްޑް ސިންގާ''ގެ ފަސް ވަނަ ސީޒަނުގައި ވައިލް ކާޑް ކޮންޓެސްޓަންޓް ''ޔެޓީ''ގެ ގޮތުގައި ބައިވެރިވެ ހަތަރުވަނަ ހާސިލުކޮށްގެން ނިންމާލައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން