ވޭތުވެދިޔަ 10 އަހަރުތެރޭގައި އެންމެ މަދުން ވަރިކޮށް، ކައިވެނި ކޮށްފައިވަނީ 2020 ގައިކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ގައުމީ ތަފާސް ހިސާބުތައް ބަލަހައްޓާ ވުޒާރާ ނޭޝަނަަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު މިދިޔަ އަހަރުގެ ތަފާސް ހިސާބު އަތް މަތީ ފޮތުގައިވާ ގޮތުން ވޭތުވެދިޔަ 10 އަހަރު ތެރޭގައި ރާއްޖޭގައި 54،891 ކައިވެނިކޮށްފައިވެއެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި 35،120 ވަރި ކޮށްފައިވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، 10 އަހަރު ތެރޭގައި އެންމެ ވަރި މަދީ 2020 ވަނަ އަހަރެވެ. އެ އަހަރު 2,984 ވަރި ކޮށްފައިވާ އިރު، އެ މުއްދަތުގައި އެންމެ ކައިވެނި މަދީވެސް 2020 ވަނަ އަހަރުގައެވެ. އެގޮތުން އެ އަހަރު ކޮށްފައި ވަނީ 4,998 ކައިވެންޏެވެ.
- 2011: 6,015
- 2012: 5,699
- 2013: 5,620
- 2014: 5,712
- 2015: 5,763
- 2016: 5,488
- 2017: 5,237
- 2018: 5,290
- 2019: 5,069
- 2020: 4,998
- 2011: 3,016
- 2012: 3,011
- 2013: 3,331
- 2014: 3,402
- 2015: 3,358
- 2016: 3,417
- 2017: 3,211
- 2018: 3,166
- 2019: 3,429
- 2020: 2,984
ވަރިކައިވެނީގެ އަދަދުތަކަށް މިހާ ބޮޑު ބަދަލެއް 2020 ގައި އައި މައިގަނޑު ސަބަބަކީ ކޮވިޑް ކަމަށް ވެދާނެ ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. ކޮވިޑުގެ ސަބަބުން 2020 ވަނަ އަހަރުގެ ބޮޑު ބައެއްގައި މީހުން މަސައްކަތް ކޮށްފައި ވަނީ ގޭގައި ތިބެގެންނެވެ. މީހުން އުޅެމުން އައީ އާންމުކޮށް އުޅޭ ހުޅުވައިލެވިފައިވާ ދިރިއުޅުމުގެ ބަދަލުގައި "ބަންދު" ދިރިއުޅުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު