ހުޅުމާލޭގައި ހަތަރު އަހަރުގެ ކުއްޖަކު ސްވިމިން ޕޫލަކަށް ވެއްޓި މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭ އޯޝަން ފްރޮންޓް ރެސިޑެންސްގެ ސްވިމިން ޕޫލަށް ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 5:10 ހާއިރެވެ.
ފުލުހުން ބުނީ 5:40 ހާއިރު ކުއްޖާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ޚަބަރު
ޚަބަރު