Close
ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ރިފާ ހަލީލު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި އޯޕީޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ހާއްސަ 21 ރޫމާކާއި ޓްރީޓްމެންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ހަދާނެ ކަމަށެވެ. މި ޕްރޮޖެކްޓުގެ އަގަކީ 20.22 މިލިއަން ރުފިޔާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން ކުޅުދުއްފުށީ ހޮސްޕިަޓަލް މަރާމާތު ކުރުމަށް އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.