ރ. ކިނޮޅަހު ގަނޑުވަރު ބީޗު ސަރަހައްދަށް ފަސް އަޅައި އެއްވަރުކޮށްދީފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ކިނޮޅަހު ކައުންސިލްގެ އެދުމުގެ މަތިން އެރަށު ގަނޑުވަރު ބީޗު ސަރަހައްދަށް ވެލި އަޅައި ފަސްގަނޑު ލެވެލް ކުރުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
މި މަސައްކަތަކީ އެކުންފުނީގެ ސީއެސްއާރު އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
އެމްޓީސީސީން ދާދި ފަހުން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި އެކަނި ވެސް އެ ކުންފުނީން ވަނީ ސީއެސްއާރްގެ 300 އަށްވުރެ ގިނަ ކަންކަން އެކި ރަށްރަށުގައި ކޮށްދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު