އުމްރާގެ އަޅުކަން އަދާކުރަމުންދިޔަ ދިވެއްސަކު ރޭ މައްކާގައި ނިޔާވެއްޖެއެވެ.

އުމްރާގެ އަޅުކަން އަދާކުރަމުން ދަނިކޮށް ނިޔާވީ ނ.ހޮޅުދޫ/ ސާދާގެ، ހާމިދު މުހައްމަދެވެ. އޭނާ ނިޔާވެފައިވަނީ ރޭ ދަންވަރު 2:15 ގައެވެ.

ނ. ހޮޅޫދޫ ކައުންސިލްގެ ރައީސް ރިލުވާން މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ، ހާމިދަކީ އުމްރާގެ އަޅުކަން ކުރުމަށް ދާ މީހުންނާއެކު އެހީތެރިއެއްގެ ގޮތުގައި ދާ މީހެއް ކަމަށެވެ. އަދި ހާމިދު މިފަހަރު ވެސް އުމްރާއަށް ދިޔައީ އެހީތެރިއެއްގެ ގޮތުގައި ކަމަށާއި އޭނާގެ އަންހެނުންވެސް މި ފަހަރު އުމްރާއަށް ދިޔަ ކަމަށެވެ.

ރިލުވާން ވިދާޅުވީ، އެހީތެރިއެއްގެ ގޮތުގައި ދާ ކޮންމެ ފަހަރަކުވެސް ހާމިދު އުމްރާގެ އަޅުކަން އަދާކުރާ ކަމަށެވެ. އަދި ހާމިދު ވަޅުލުމަށް ހަމަޖެހިފައިވަނީ މައްކާގައި ކަމަށް އޭނާ ވިދާޅުވިއެވެ.