މާލެ އަތޮޅު މާފުށީގައި ކޮވިޑް-19 ފެތުރޭތީ، އެރަށް މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ލިސްޓަށް މާފުށީ ލާފައިވަނި މިއަދެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މާފުށި މޮނިޓަރިންއަށް ލާފައި ވަނީ ރަށު ތެރެއިންނާއި ފުލޫ ކުލިނިކަށް ދައްކާ މީހުން ޕޮޒިޓިވްވާ ރޭޓު އިތުރުވާތީ ކަމަށެވެ. އެގޮތުން މިހާތަނަށްވެސް 12 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވިއެވެ.

މާފުށި މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، މީގެ ދެ ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެރަށަށް ވަޑައިގެންފައެވެ.

ރައީސް މާފުއްޓަށް ވަޑައިގަތީ، އެރަށުގައި ހިއްކި ބިމާއި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.