އިންޑޮނޭޝިއާ ކައިރިން ކަނޑުގެ އަޑިއަށް 7.4 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިރޭ ބުނީ ބިންހެލުން އައި އިންޑޮނޭޝިއާގެ ސަރަހައްދާއި މާލެއާ ދެމެދު 6143 ކިލޯމީޓަރުގެ ދުރުމިން އެބަހުރި ކަމަށެވެ. އަދި ބިންހެލުން އައީ މިރޭ 11:25 ގައި ކަމަށްވެސް މެޓުން ބުންޏެވެ.

މެޓުން ބުނީ އެ ބިންހެލުމުގެ ސަބަބުން ރާއްޖެ އަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ބިން ހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ބިންހެލުމުގެ ސަބަބުން އިންޑޮނޭޝިއާގެ އެއްވެސް ސަރަހައްދަކަށް ބޮޑު ގެއްލުމެއް އަދި ލިބިފައެއް ނުވެއެވެ.