215ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އެތަކެތި ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ބެހެއްޓި މައްސަލައިގައި ރ. މަޑުއްވަރި، ފިނިފަރު، ޢަލީ ޝާކިރު އާއިރ. މަޑުއްވަރި، ފެހިއަލި، ނިމާލް އަބްދުލްހާރިސް ގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މަސްތުވާތަކެތީގެ މައްސަލައިގައި އެ ދެމީހުންގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. އެ ދައުވާގެ އިތުރުން އަލީ ޝާކިރުގެ މައްޗަށް ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.
ޕީޖީން ބުނީ މިމައްސަލާގައި ދައުވާ ލިބޭ އަލީ ޝާކިރާއި، ނިމާލް އަބްދުލްހާރިސް ތިބީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށެވެ. ނަމަވެސް އެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައި ވަނީ ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ކަމަށްވެސް ބުނެފައިވެއެވެ.
މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ފުލުހުން އެ ދެމީހުން އަތުލައިގަތީ ހުސްވި އޮކްޓޫބަރު ކަމުގެ 15 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ޑުރަގު އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑުރަގު އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިހާއި ރ. އަތޮޅު ފުލުހުންނާއި ފޮރެސިކް ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
އެ އޮޕަރޭޝަންގައި ޑްރަގު ހޯދާފައި ވަނި ރ. ރާނބުގަލީގައި ހުރި ކަށިކެޔޮގަހެއްގެ ތެރޭގައި ފޮރުވާފައި ހުއްޓަ އެވެ.
މި އޮޕަރޭޝަނުގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ވެސް ވަނީ ފާސްކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު