ކެޓްރިނާ ކެއިފް އަދި ވިކީ ކޯޝަލްގެ ކުލަގަދަ ކައިވެންޏަށްފަހު ކެޓްރިނާ ''ޓައިގާ 3''ގެ ޝޫޓިންތަކަށް އަންނަމަހު ދިއްލީއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.
ކެޓްރީނާގެ އަދި ވިކީގެ ކައިވެންޏަކީ މި އަހަރު ބޮލީވުޑްގެ ބޮޑު ކައިވެންޏެވެ. ސަލްމާން ހާން އާއި ކެޓްރީނާ އަކީ ބޮލީވުޑްގެ މަޝްހޫރު ލޯބިވެރީންގެ ތެރެއިން އެންމެ މަޝްހޫރު އެއް ޖޯޑެވެ. މި ދެތަރީން އެތައް އަހަރެއް ވާންދެން ރައްޓެހި ވެގެން އުޅުނެވެ.
ސަލްމާން ހާން އަދި ކެޓްރިނާ ކެއިފްގެ ''ޓައިގާ 3'' ގެ މަންޒަރުތައް މިހާތަނަށް މުމްބާއީގެ އިތުރން ރަޝިއާ، ތުރުކީ، އޮސްޓްރިއާގައި ނެގުމަށްފަހު އެންމެފަހުގެ މަންޒަރުތައް ނެގުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ފިލްމުގެ އެންމެފަހުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މެދުތެރޭގައި ދިއްލީގެ އެކި ލޮކޭޝަންތަކުގައި ކަމަށް ހަބަރުތައް ބުނެއެވެ.
15 ދުވަހުގެ ޝެޑިއުލަކަށް ބަހާލައިގެން ދިއްލީގެ އަސްލު ލޮކޭޝަންތަކުގައި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާއިރު، މަންޒަރުތައް ނަގަމުން އަންނަ ވަގުތު އާއްމުން އެ ސަރަހައްދުތަކަށް ޖަމާވާނެކަމަށް ވިސްނައިގެން ކުރިއާލައި ކުރޫން އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ. އޭގެ އިތުރުން މަންޒަރުތައް ލީކު ނުވާނެ ގޮތަށް ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކުރުމުގެ ކަންކަން ހަމަޖެހިފައި ވާނެ ކަމުގައި ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ޔޭޝް ރާޖް ޕްރޮޑަކްޝަންގެ މި ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި ހެދޭ އެންމެ އަގުބޮޑު އެއް ފިލްމުގެ އިތުރުން، ފިލްމުގެ ހުރިހާ މަންޒަރުތަކެއްވެސް ނަގާފައި ވަނީ ޕެންޑެމިކުގެ ތެރޭގައި ކަމަށް ހަބަރުތައް ބުނެއެވެ. މީގެ އިތުރުން ޓައިގާ އަދި ޒޯޔާ ގެ ކެރެކްޓާ އަށް ސަލްމާން އާއި ކެޓްރިނާ ވަނީ ފިޓްނަސް އަށް ސަމާލުކަން ދީގެން ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ސަލްމާން ހާން އަދި ކެޓްރިނާ ކެއިފްގެ ''ޓައިގާ'' ގެ ފުރަތަމަ ފިލްމު ''އެކް ތާ ޓައިގާ'' 2012ވަނަ އަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާއިރު 2017ވަނަ އަހަރު ނެރުނު ''ޓައިގާ ޒިންދާ ހޭ'' އާއެކު މި ދެ ފިލްމުވެސް ވަނީ ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދާފައެވެ. ''ޓައިގާ 3''ގައި މި ދެތަރިންގެ އިތުރުން ނެގެޓިވް ރޯލުން އިމްރާން ހާޝްމީ ފެނިގެންދާނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން