ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަލުން ޗެމްޕިއަންސް ލީގުގެ ގުރު ނެގުމަށް ޔޫއެފާ އިން ނިންމައިފިއެވެ.
ގުރު އަލުން ނަގާނީ މިރޭ ރާއްޖެ ގަޑިން 7:00 ގައެވެ. ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދު ހަވީރު ނެގި ގުރުއަތުލުން ބާތިލުކޮށްފައިވަނީ ގުރުއަތުލުމުގެ ތެރެއިން ސޮފްޓްވެއާއަށް ހެދުނު ގޯހެއްގެ ސަބަބުން ކަމަށެވެ. އެ ސޮފްޓްވެއާއަށް ހެދުނު ގޯހެއްގެ ސަބަބުން ގުރު ނަގަން ހުރި މީހާއަށް ނުބައި އިރުޝާދެއް ދެވި، ގުރު ނެގުމުގައި އޮޅިފައިވާ ކަމަށް ޔޫއެފާއިން ވަނީ އެއްބަސްވެފައެވެ.
މިއަދުގެ ގުރު ނެގުމުގައި ދެ މައްސަލައެއް ފާހަގަކުރެވުނެވެ. ފުރަތަމަ ފާހަގަކުރެވުނު މައްސަލަ އަކީ މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް ކުޅެން ޖެހޭގޮތަށް ގުރުއަތުން ދިމާވުމެވެ. ޔުނައިޓެޑާއި ވިޔަރެއާލަކީ އެއް ގްރޫޕެއްގައި ހިމެނޭ ދެ ޓީމު ކަމަށްވުމުން ގަވާއިދުގައި އޮންނަ ގޮތުން ނޮކައުޓް ފުރަތަމަ ބުރުގައި އެ ދެ ޓީމު ކުޅޭކަށް ނުޖެހޭނެއެވެ.
އެ ގުރު އަލުން ލުމުން ވިލަރެއާލާއި މެންޗެސްޓާ ސިޓީއާ ކުޅެން ޖެހުނު އިރު، ދެން ފާހަގަކުރެވުނު މައްސަލަ އަކީ ޔުނައިޓެޑްގެ ބޯޅައިގެ ބަދަލުގައި ލިވަޕޫލްގެ ބޯޅަ އެތުލެޓިކޯއާ ކުޅެން ޖެހޭ ގުރުއަތުލުމުގައި ހިމެނުމެވެ. އެތުލެޓިކޯ އާއި ލިވަޕޫލް އެއް ގްރޫޕެއްގައި ކުޅެފައިވާ އިރު، މި ދެ ޓީމު ދެވަނަ ބުުރުގައި ބައްދަލުނުކުރެވޭނެއެވެ. އެ ގުރުގައި ޔުނައިޓެޑް ހިމަނަން ޖެހޭ ނަމަވެސް ހިމެނިފައެއް ނުވެއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުއެވެ. އަދި ދެވަނަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު