އަތޮޅުތެރޭގެ ކޮވިޑުގެ ހާލަތު ގޯސްވެ، މިއަދު އެކަނިވެސް ނުވަ ރަށެއް މޮނިޓަރިން އަށް ލައިފި އެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަދު މޮނިޓަރިން އަށް ލާފައިވަނީ، ބ. އޭދަފުއްޓާއި، ހދ. ހަނިމާދޫ އާއި، ބ. ދޮންފަނާއި، ނ. ލަންދޫ އާއި އެ އަތޮޅު މިލަދޫ އާއި ޅ. ހިންނަވަރާއި، ތ. ވިލުފުއްޓާއި އެއަތޮޅު ހިރިލަންދޫ އާއި ގދ. ރަތަފަންދޫ އެވެ.
އެޗްޕީއޭއިން ރޭ އާންމުކުރި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ގިނައީ އަތޮޅުތަކުން ޕޮޒިޓިވް ވާ މީހުންގެ އަދަދެވެ. އެގޮތުން އަތޮޅުތަކުން އެކަނިވެސް 119 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
އެގޮތުން ދ. ކުދަހުވަދޫ އިން 26 ކޭސް ފެނިފައިވާއިރު ހއ. ދިއްދޫ އިން ރެއާއި ހަމަޔަށް 21 މިހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި ހދ. ހަނިމާދޫން 16 މިހުން، ނ. މަފަރުން 29 މީހުންނާއި ތ. ވިލުފުށިން 27 މީހުން ރެއާއި ހަމަޔަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.
އޭދަފުށީގެ ހާލަތުވެސް ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އެރަށުން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 60 އިން މަތިވެފަ އެވެ. އަދި އެރަށު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކުޑަކުދީންގެ ޑޮކްޓަރުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
ރާއްޖޭގެ ޖުމުލަ 21 ރަށެއް މިހާތަނަށް ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެގޮތުން މޮނިޓަރިންގައި އެންމެ ގިނަ ދުވަސްވެފައިވަނީ އައްޑޫ ސިޓީ އެވެ. އެ ސިޓީ މޮނިޓަރިންގައި އޮންނަތާ ހަތަރު މަސް ވެއްޖެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު