ގދ ތިނަދޫ ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފިއެވެ.
އެމްޓިސީސީން މިއަދު ބުނީ، ތިނަދޫ ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 64 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އޭގެ އިތުރުން އޯޕީޑީ އިމާރާތުގައި އެއާ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް މި މަހުގެ ނުވަ ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.
އެމްޓީސީސީން އިތުރަށް ބުނީ، މި މަޝްރޫއުގައި އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މި މަޝްރޫއަކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު