ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތައް އިތުރުވެ، ނ. މާފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް އިއްޔެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެރަށު ހޮސްޕިޓަލު ކޮމިއުނިޓީ ހެލްތު އޮފިސަރު މަރިޔަމް ރަޝީދާ ރޭ "ވަން" އަށް ވިދާޅުވީ މޮނީޓަރިންގެ ހާލަތަށް ގެނައީ އެއާޕޯޓުންނާއި ސްކޫލުން ފެނުނު ކްލަސްޓާގެ ސަބަބުން ކަމަށެވެ.

އެގޮތުން މިހާތަނަށް ޖުމުލަ 86 ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 30 ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި 76 އަހަރުގެ ހައި ރިސްކް މީހަކުވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހައި ރިސްކް މީހާގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެމީހާއަށް ނޭވާލުމުގައި ދަތިތަކެއް ހުރުމުން އިއްޔެ އެޑްމިޓްކޮށް، ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.