މި އަހަރު އެންމެ ގިނަބަޔަކު އިންތިޒާރު ކުރަމުންދިޔަ ކައިވެނި ކަމަށްވާ ބޮލީވުޑް ތަރިން ކެޓްރީނާ ކެއިފް އަދި ވިކީ ކޯޝަލް މިއަދު ކައިވެނިކޮށްފިއެވެ.
ވިކީ އަދި ކެޓްރީނާ ކައިވެނި ކުރަން އުޅޭކަން ސިއްރުކުރަމުން އައިސްފައިވީ ނަމަވެސް އެހުރިހާ މައުލޫމާތެއް މީޑިއާއިން ދިޔައީ ގެނެސްދެމުންނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ކެޓްރީނާ އާއި ވިކީ ވަނީ އެމީހުންގެ އިންސްޓަގުރާމު އެކައުންޓުގައި ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފައެވެ.
މި ކައިވެނީގެ ހަފުލާ އަށް ރަސްމީކޮށް ދައުވަތު ދީފައި ވަނީ ގާތްގަނޑަކަށް 120 މީހަކަށެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ފިލްމު އިންޑަސްޓްރީގެ އެންމެ ގާތް މީހުންނެވެ.
ރާޖަސްތާނުގެ ސިކްސް ސެންސަސް ފޯޓް ބަރްވާރާ ގައި މިއަދު ''ސިއްރު'' ކޮށް ކުރި ކައިވެނި ހަފުލާގައި އިންޑަސްޓްރީން ބައިވެރިވި މީހުންގެ ތެރޭގައި މަލާވިކާ މޮހާނަން، ރާދިކާ މަދަން، ކާބިރު ހާން، މިނީ މާތުރް އަދި ގުރްދާސް މާން ހިމެނެއެވެ. ކުރީގެ ލޯބިވެރިޔާ އަދި ގާތް މިތުރު ސަލްމާން ހާން އާއި ސަލްމާން ހާންގެ އާއިލާ މި ކައިވެނީގެ ހަފުލާގައި ބައިވެރިވެފައެއް ނުވެއެވެ.
ކެޓްރިނާ އަދި ވިކީ ލޯބީގެ ގޮތުން ގުޅުނުކަމަށް މީޑީއާތަކުން ރިޕޯޓުކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. ނަމަވެސް އެ ގުޅުމާ ބެހޭ ގޮތުން ދެ މީހުންގެ ފަރާތުންވެސް ކައިވެންޏާ ހަމައަށްވެސް އޮތީ ސިއްރުކޮށްފައެވެ.
ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ތަރިން ކައިވެންޏަށް ފަހު ހަނީމޫނަށް އައުމަށް ހަމަޖެހިފައިވަނީ ރާއްޖެ އަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން