ޚަބަރު

އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ދަތުރުކުރައްވަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓިއްޖެ

އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު ދަތުރުކުރައްވަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓިއްޖެއެވެ.

އިންޑިއާގެ އެއާފޯސްއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން, ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ޓަމިލް ނާޑޫގެ ނިލްގިރީ ހިލްސް މައްޗަށެވެ. އަދި ހެލިކޮޕްޓަރު ވެއްޓުނު އިރު, އޭގައި ފަސް ކުރޫންނާއި ނުވަ ފަސިންޖަރުންނާއެކު 13 މީހަކު ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހެލިކޮޕްޓަރުގައި ރާވަތުގެ އަނބިކަނބަލުންނާއި ޑިފެންސް އެސިސްޓަންޓުވެސް އިންނެވި ކަމަށް ހަބަރުތައް ބުނެއެވެ.

އެހެން މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން, އެ ހާދިސާގައި 13 މީހަކު ވަނީ މަރުވެފައެވެ. އަދި އެކަކުގެ ހަށިގަނޑުގެ 90 ޕަސެންޓް ފިހިގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޖެނެރަލް ރަވަތުގެ ހާލުކޮޅާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނޭނގެއެވެ.

ވެއްޓުނު އިންޖީނުލީ އެ މަރުކާގެ ހެލިކޮޕްޓަރަކީ ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ދަތުރު ކުރެއްވުމުގެ އިތުރަށް ބޮޑުވަޒީރުވެސް ދަތުރުކުރައްވާ ހެލިކޮޕްޓަރެކެވެ.