މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުންދާ މީހަކީ ދ. މީދޫ / ނޫރާނީވިލާ، އަލީ އިސްމާއީލް (54އަހަރު) ކަމަށެވެ.

އަލީ އިސްމާއީލް އަށް ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދި ހޯދިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން އަލީ އިސްމާއިލް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން ނަމްބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.