އިސްލާމްދީނާ ދެކޮޅު ލިޔުންތަކެއް ލިޔެފައިވާ ފޮތެއް ވިއްކާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އާންމުންގެ މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އިސްލާމް ދީނާ ދެކޮޅު ލިޔުންތަކެއް ލިޔެފައިވާ ފޮތެއް އޭނާގެ ރައްޓެއްސަކު ގަނެގެން ގެނެސްފައިވާ ކަމަށެވެ. އަދި ފޮތް ގަތީ އެއީ ދީނާ ބެހޭ މައުލޫމާތު ހިމެނޭ ފޮތެއް ކަމަށް އެ ފޮތް ވިއްކި ފަރާތަކުން ބުނުމުން ކަމަށްވެސް ބުނެފައިވެ އެވެ.
އެހެން ނަމަވެސް އެ ފޮތުގައި ހުރީ ދީނަ ހިލާފު ވާހަކަތަކެއް ކަމަށްވެސް އެމީހާ ކުރި ޓުވީޓުގައި ވަނީ ބުނެފައެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިފަދަ ފޮތެއް ވިއްކަމުންދާ އިރު، އެކަން ނުހުއްޓުވޭތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޓުވީޓަށް ރިޕްލައި ކުރަމުން އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ ފޮތް ވިއްކާ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސް އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި ފޮތް ގަތީ ކޮންތާކުންކަން އޮޅުން ފިލުވައިދިނުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
އެނގިފައިވާ ގޮތުގައި އެ ފޮތް ލިޔެފައިވަނީ ކުރީގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ކަހްލިލް ގިބްރަންއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު