އިންޑިއާގައި ބަލަމުން އަންނަ ފައިސާގެ މައްސަލައަކާ ގުޅިގެން ބަތަލާ ޖެކޮލިން ފެނާންޑެޒް ދިއްލީގެ ސެންޓްރަލް އޭޖެންސީއަށް ހާޒިރުކުރަން އީޑީ އޮފީހުން އަންގައިފިއެވެ.
މަކަރާއި ހީލަތުން އޮޅުވާލައިގެން 200 ކުރޯރު އިންޑިއާ ރުޕީސް ހޯދި ކަަމަށް ބުނާ މައްސަލައެއްގައި ހިމެނޭ މި މައްސަލައިގައި، ސުކޭޝް ޗަންދުރަޝޭކަރު އާއި ޖެކޮލިން ގާތް ގުޅުމެއް އޮންނަކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. މިމައްސަލައިގައި ޖެކޮލިން އަކީ ހެއްކެއް ކަމަށް ބެލެވި، ސެންޓްރަލް އޭޖެންސީ އިން ޖެކޮލިން ގައުމުން ބޭރަށް ފުރުން މަނާކޮށް އަމުރެއް ނެރެފައިވަނިކޮށް މިދިޔަ އާދިއްތަ ދުވަހު ޖެކޮލިން ވަނީ މުމްބާއީ އެއާޕޯޓުން ފުރަން އުޅެނިކޮށް ހުއްޓުވައިފައެވެ.
މިމައްސަލައިގައި މީގެ ކުރިންވެސް ދެފަހަރަކު ޖެކޮލިން ވަނީ ހާޒިރުކޮށް ބަޔާންތައް ނަގައިފައެވެ. މިމައްސަލައިގައި މާދަމާ 8 ވަނަ ދުވަހު ދިއްލީގެ ސެންޓްރަލް އޭޖެންސީއަށް ހާޒިރުވުމަށް އީޑީ އޮފީހުން ވަނީ ޖެކޮލިން އަށް މިހާރު އަންގާފައެވެ.
ދިއްލީ ކޯޓަށް ވައްދާފައިވާ މިމައްސަލައިގައި ތުހުމަތުކުރެވޭ ސުކޭޝް މިހާތަނަށް ޖެކޮލިން އަށް 10 ކުރޯރު އިންޑިއާ ރުޕީސް އާ ގާތްކުރާ އަދަދަކަށް ހަދިޔާ ދީފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ޖެކޮލިންގެ އިތުރުން ބަތަލާ ނޯރާ ފަތޭހީ އަށްވެސް ސުކޭޝް ވަނީ އެއް ކުރޯރު އިންޑިއާ ރުޕީސްގެ އަގުހުރި ހަދިޔާ ދީފައި ކަމަށް ވާހަކަތައް ވަނީ ފެތުރިފަ އެވެ.
މި މައްސަލަތައް ތަހުގީގު ކުރަނީ މަނީ ލޯންޑަރިން އާއި ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނެ ހޯދާފައިވާ ފައިސާތަކެއް ކަމަށްބުނެ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން