އިންޑޮނީޝިއާގެ ޖާވާގައި ހުންނަ އަލިފާން ފަރުބަދަ, މައުންޓް ސެމެރޫ ގޮވުމުގެ ސަބަބުން މިހާތަނަށް 13 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ސެމެރޫ ފަރުބަދައަކީ ޖާވާގައި ހުންނަ އެންމެ އުސް ފަރުބަދައެވެ. އެ ފަރުބަދަ އިއްޔެ ގޮވަން ފެށި އިރު, ފަރުބަދައިން ނުކުތް ދުމާއި އަޅީގެ ސަބަބުން ކައިރި އަވަށްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 902 މީހަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
އިންޑޮނީޝިއާގެ ކާރިސާތަކާ ބެހޭ އެޖެންސީ, ޑިޒާސްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ)ގެ އޮފިޝަލު އަބްދުލް މުހާރީ މީޑިއާއަށް ވިދާޅުވި ގޮތުގައި, ފަރުބަދަ ގޮވުމުގެ ސަބަބުން މިހާތަނަށް މަރުވި ކަމަށް ރިޕޯޓް ލިބިފައިވާ 13 މީހުންގެ ތެރެއިން ދެ މީހުންނަކީ ކާކުކަން ވަނީ ދެނެގަނެވިފައެވެ. އަދި 98 މީހަކަށް ފިހިގެން އަނިޔާ ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
މައުންޓު ސެމެރޫ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ގޮވައިފައެވެ. އެފަހަރުވެސް އެތައް ހާސް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރި އިރު, އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ނުލިބެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ