ހދ. ކުޅުދުއްފުށީ ޕޯޓުގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެމްޕީއެލުން އަފީފުއްދީން ސްކޫލްގެ ފަސް ކްލާސްރޫމަށް ބޭނުންވާ ޓީވީ ހަދިޔާ ކޮށްފިއެވެ.
އެމްޕީއެލް އިން މިއަދު ބުނީ މި ފަސް ޓީވީގެ ތެރެއިން ތިން ޓީވީ ހަދިޔާ ކޮށްފައިވަނީ ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑުން ކަމަށެވެ. އަދި ބާކީ ހުރި ދެ ޓީވީ އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓްގެ ދެ ބޭފުޅުން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ޓީވީތައް ހަވާލުކޮށްފައިވަނީ މިއަދު މެންދުރު އަފީފުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި އެ ކުންފުނީގެ އިސްވެރިން އަދި ކުޅުދުއްފުށީ ޕޯޓުގެ އިސްވެރިންގެ އިތުރަށް ސްކޫލްގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިދިޔަ ހަފުތާގައި އެމްޕީއެލުން ވަނީ ރާއްޖޭގެ ފަސް ސްކޫލަކަށް ބޭނުންވާ ފަސް ކޮމްޕިއުޓަރުވެސް އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު