މަލާއިކާ އަރޯރާ އަދި އަރްޖުން ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
ބޮލީވުޑްގެ މި ލޯބީގެ ޖޯޑު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ ބުރާސްފަތި ދުވަހުގައެވެ.
މި ދެ ތަރިން ޗުއްޓީ ހޭދަކުރަމުން އަންނަ މަންޒިލަކީ ޕަޓީނާ މޯލްޑިވްސް ހޮޓެލްގެ ފަރި އައިލެންޑް ރިސޯޓު ކަމަށް ވަނީ ޓެގުކޮށްފައެވެ. މަލާއިކާ އަދި އަރްޖުން އެކުގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ދެމީހުންވެސް އަންނަނީ ފޮޓޯތައް އިންސްޓަގުރާމުގައި ވަކިވަކިން ހިއްސާކުރަމުންނެވެ.
މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑިއާތަކަށް ޔަގީންކޮށްދީފައި ވަނީ 2019 ވަނަ އަހަރުއެވެ. އަރްބާޒް ހާން އާ މީގެ ކުރިން ކައިވެނީގެ ގޮތުން ގުޅި 19 އަހަރުވަންދެން އުޅުމަށްފަހު އަރްބާޒް އާ މަލާއިކާ ވަރިވެފައިވަނީ 2017 ވަނަ އަހަރުއެވެ. އެ ދެމީހުންނަށް 18 އަހަރުގެ އަރްހާން ލިބިފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އަރްހާން ވަނީ މަތީ ތައުލީމު ހާސިލުކުރުމަށް ގައުމުން ބޭރަށް ފުރާފައެވެ.
މަލާއިކާ އަކީ އިންޑިއާގެ ގިނަ ޓީވީ ޝޯ ތަކެއްގެ ޖަޖުކަން ކުރަމުން އަންނަ ތަރިއެކެވެ. ވަރަށް ފަހުން އެމްޓީވީ އިން ދެއްކި ''ސުޕަމޮޑެލް އޮފް ދަ އިޔާ'' ގެ ދެވަނަ ސީޒަންގައި ބައިވެރިވެ ނިންމާލާފައިވާއިރު ދެން އެންމެ އަވަހަށް މަލާއިކާ ފެނިގެންދާނީ ''އިންޑިއާސް ބެސްޓް ޑާންސަރ''ގެ ދެވަނަ ސީޒަނުގެ ޖަޖެއްގެ ގޮތުގައެވެ.
ބޮލީވުޑް ތަރި އަރްޖުން ކަޕޫރުގެ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ''ބޫތު ޕޮލިސް'' އިންނެވެ. އަދި ދެން އެންމެ އަވަހަށް އަރްޖުން ފެނިގެންދާނީ މޯހިތު ސޫރީގެ ''އެކް ވިލަން ރިޓާންސް'' އިން ޖޯން އެބްރަހަމް، އަދިތުޔާ ރޯއީ ކަޕޫރު، ދީޝާ ޕަޓާނީ އަދި ތާރާ ސުތާރިއާ އާއެކުގައި ކަމަށް ހަބަރުތައް ބުނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން