މުނިފޫހިފިލުވުން

ފިލްމު 83ގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް، ދައްކައިދެނީ އިންޑިއާ 1983 ކްރިކެޓް ވޯލްޑްކަޕަށް ކުރި ދަތުރު

1983 ވަނަ އަހަރު އިންޑިއާ ޓީމުން ކްރިކެޓް ވޯލްޑް ކަޕު ކާމިޔާބު ކުރި ވާހަކައިގެ މައްޗަށް އުފައްދާފައިވާ ފިލްމު 83 ގެ ޓްރެއިލާ ވަނީ އިއްޔެ އާއްމުކޮށްފައެވެ.

ޓްރެއިލާ އާއްމުކުރުމާއެކު ކަބީރު ހާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އިންޑިއާ ކްރިކެޓު ޓީމުގައި ހިމެނުނު އޭރުގެ ކުޅުންތެރިޔާ އަދި ފަހުން ގައުމީ ޓީމުގެ ކެޕްޓަން ކަންވެސް ކޮށްފައިވާ ކްރިޝްނަމަޗާރީ ސްރީކާ ވަނީ ފިލްމާ ގުޅޭ ގޮތުން އިންޑިއާގެ މީޑިއާއަކާ އޭނާގެ ޝުއޫރުތައް ހިއްސާ ކޮށްފައެވެ.

އެގޮތުން ވަރަށް ތަފާތު އިހުސާސުތަކެއް ކުރުވައިފި ކަމަށާއި ކުރީގެ ހަނދާންތައް އާ ކޮށްދީ ޓްރެއިލާ ބަލައިލުމުން ގައިން ހީބިހި ނަގައިގެން ދިޔަ ކަމަށް ކްރިޝްނަމަޗާރީ ވަނީ ބުނެފައެވެ. އޭނާ ފާހަގަކުރިގޮތުގައި އެ އަހަރުގެ ވޯލްޑް ކަޕު ކާމިޔާބު ކުރެވުމަކީ އިންޑިއާގެ ކުޅިވަރުގެ ތާރީހުގައިވެސް ފާހަގަކޮށްލެވުނު ވަގުތުކޮޅެއް ކަމަށާއި ފިލްމު ބޮޑު ސްކްރީނުގައި ބަލައިލުމަށް ކެތް މަދުވެފައި ހުރި ކަމަށެވެ.

ސްރީކާންތުގެ ރޯލު ކުޅެދީފައިވަނީ ޖީވާ އެވެ. ޖީވާ އޭނާގެ ކެރެކްޓާ ވަރަށް ފުރިހަމައަށް ކުޅެދީފައިވާނެ ކަމަށް އޭނާ ގަބޫލު ކުރާކަމަށް ވަނީ ބުނެފައެވެ. ފިލްމުގެ ލީޑުން ފެނިގެންދާ ރަންވީރު ސިންގު ކަޕިލް ޝަރްމާގެ ކެރެކްޓާގައި ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށާއި އޭނާ ގަބޫލުކުރަނީ އެހެނިހެން ކުޅުންތެރިންގެ ކެރެކްޓާތައްވެސް ވީ އެންމެ ފުރިހަމައަކަށް ގެނެސްދިނުމަށް ހުރިހާ އެކްޓަރުންވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

ފިލްމުގެ ޓްރޭލާ---

މި ފިލްމު މި މަހުގެ 24 ގައި ތިއޭޓަރުތަކުގައި އެޅުވުމަށް ނިންމާފައިވާއިރު ފިލްމު ހިންދީ، ތަމަޅަ، ތެލިނގޫ، ކަންނާޑާ އަދި މަލަޔާޅަމް ބަހުން ނެރުމަށް ވަނީ ހަމަޖެހިފައެވެެ. އެގޮތުން ކަމަލް ހަސަންގެ ރާޖް ކަމަލްސް ފިލްމްސް އިންޓަނޭޝަނަލް އަދި ނާގަރްޖުނާ އަކިނޭނީގެ އަންނަޕޫރްނާ ސްޓޫޑިއޯސް އާއި ރިލާޔަންސް އެންޓަޓެއިންމަންޓު ގުޅިގެން މި ފިލްމު ތަމަޅަ އަދި ތެލިނގޫ އިން ގެނެސްދިނުމަށް ވަނީ އެއްބަސްވެފައެވެ. ޕްރިތުވިރާޖް ޕްރޮޑަކްޝަން އަދި ކިޗާ ސުދީޕްސް ޝާލިނީ އާޓްސް އާއި ގުޅިގެން ފިލްމު މަލާޔަމް އަދި ކަންނާޑާ ބަހުން ގެނެސްދިނުމަށް ހުރިހާ ކަމެއް ވަނީ ހަމަޖެހިފައެވެ.

ކަޕިލް ޝަރްމާގެ ރޯލުން ރަންވީރު ސިންގު ފެނިގެންދާ މި ފިލްމަކީ އިންޑިއާގެ ކްރިކެޓް ޓީމުން 1983 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ކުރި މަސައްކަތްތައް ދައްކައިދޭ ފިލްމެކެވެ. ރަންވީރުގެ އިތުރުން ދީޕިކާ ޕަދުކޯން، ތާހިރު ރާޖް ބާސިން، ޖީވާ، ސާގިބް ސަލީމް، ހަރްދީ ސާންދޫ، އަމީ ވާކް، ޕަންކަޖް ތުރިޕަތީ، ބޫމަން އިރާނީ، ނިޝާންތު ދާހިޔާ އަދި ސާހިލް ކައްތަރު މުހިއްމު ރޯލުތައް ވަނީ ކުޅެދީފައެވެ.