ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ ގާދިއްފުށީގައި ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އާރްއޯ ޕްލާންޓް އެޑްމިން އިމާރާތުގެ މަސައްކަތުގެ 57 ޕަސެންޓް ނިންމާލާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ގާއިމުކުރުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި ދެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއަކީ 20.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.