ދިރާގު ޓީވީގެ ހިދުމަތް ނ. މަނަދުއަށް ތައާރަފުކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ މަނަދޫގައި ދިރާގު ޓީވީ ތައާރަފުކޮށްފައި ވަނީ ދިރާގުގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕޮރޮމޯޝަނެއް ކުރިއަށްގެންދާ ދަނޑިވަޅެއްގައި ކަމަށެވެ.
އެގޮތުން މިހާރު ކުރިއަށްދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖު ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެއެވެ. އަދި ސްޓާޓާ ޕެކޭޖު ނަގާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ދިހަ ފަރާތަކަށް ކަސްޓަމާ ޕެކޭޖުގެ ހަ މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިގެންދާނެއެވެ.
މީގެ އިތުރުން މި މުއްދަތުގައި ދިރާގު ޓީވީގެ ހިދުމަތަށް އެދިގެން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް (ޑީކޯޑާ) ހިލޭ ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މިއީ މަނަދޫގެ ރައްޔިތުންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
ސަތޭކައަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސްޓާ ނެޓްވޯކުގެ ޑްރާމާ އަދި އެންޓަޓެއިންމަންޓް ޗެނެލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، މަގުބޫލު ފެކްޗުއަލް އެންޓަޓެއިންމަންޓް ޗެނަލްތައް ކަމަށްވާ ހިސްޓްރީ ޗެނަލް އަދި ޑިސްކަވަރީގެ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް އަދި އެޗުޖީޓީވީ ޗެނަލް، ހޮލީވުޑްގެ މަގުބޫލު ފިލްމު ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް، އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.
ކޮލިޓީ ޗެނަލްތަކުގެ އަދަދު އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސަންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު ފޯރުކޮށްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު