މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ކޮންޓްރެކްޓިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސެއިން މޫސާއެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީ ޕާމަނަންޓު ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.
ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 22،961،969.21 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
މި މަޝްރޫއުގެ ދަށުން ކޮޅުފުށީގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމަންޓަކާއި ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމަންޓު ގާއިމު ކުރުމުގެ މަސައްކަތާއި ދެ ބްރޭކްވޯޓާ (202.40 މީޓަރު) ގާއިމު ކުރުމާއި އިރު ދެކުނު ފަރާތުން ގިރާ ސަރަހައްދަށް ވެލި އެޅުންމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން ދެ ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުން ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު