ކޮވިޑުގެ އާ ވޭރިއެންޓަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް ޓީމް) އިން މިއަދު ގޮތްތަކެއް ނިންމާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކޮވިޑު ވޭރިއަންޓަށް ދީފައިވާ ނަމަކީ އޯމައިކްރޯން އެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ބޯޑަރުތައް މި ވޭރިއެންޓުގެ ސަބަބުން އަންނަނީ ބަންދު ކުރަމުންނެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޯމައިކްރޯން ގެ ވާހަކަ އަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ހަބަރެއް ކަމަށެވެ. ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު ބައްދަލުވުމެއް ބާއްވާނެ ކަމަށާއި މި ބައްދަލުވުމުގައި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޯމައިކްރޯން ގެ ނަމުން ނަންދީފައިވާ މި ވޭރިއަންޓު ފެތުރެނީ ސައުތު އެފްރިކާގައި ވެކްސިން ޖެހި މީހުންގެ އަދަދު ދަށްވުމުގެ ސަބަބުން ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ. މި ވޭރިއެންޓަށް ރައްކާތެރިވުމުގެ ގޮތުން އިނގިރޭސި ވިލާތާއި ސިންގަޕޫރު އަދި ޖަޕާނުން ވަނީ ރައްކާތެތިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުތު އެފްރިކާގެ ގައުމުތަކުގެ ފްލައިޓުތައް މަނާކޮށް، ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ.
ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރިޕޯޓު ކުރެވުނު ވޭރިއަންޓު މިހާރު ހޮންކޮންގާއި ބެލްޖިއަމް ފަދަ ގައުމުތަކުން ވެސް ވަނީ ފެނިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު