މުނިފޫހިފިލުވުން

ބިގްބޮސް 15: ރާކީ ސާވަންތު "ފޮރުވައިގެން'' ގެންގުޅުނު ފިރިމީހާ ރިތޭޝް ބިގްބޮސް ގެއަށް

ބަތަލާ ރާކީ ސަވަންތު އޭނާގެ ފިރިމީހާ ރިތޭޝް އެންމެފަހުން އާއްމުންގެ ކުރިމައްޗަށް ގެނެސްފިއެވެ.

މިދިޔަ އަހަރުގެ ބިގްބޮސް ޝޯގައި ބައިވެރިވި ރާކީއަށް އެންމެ ގިނަބަޔަކު ފާޑުކިޔާފައިވާ އެއް ކަމަކީ އޭނާ މީހަކާ އިނދެގެން އުޅޭ ވާހަކައަކީ ތެދެއް ނޫން ކަމަށް ބުނެއެވެ. މިވީހާ ތަނަށް ރާކީ އޭނާގެ ފިރިމީހާގެ ފޮޓޯ އަދި ވީޑިއޯއެއް މީސްމީޑިއާގައި އާއްމުކޮށްފައެއް ނުވެއެވެ. އަބަދުވެސް ޑުރާމާ ބޮޑު ރާކީ އަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ދިޔައީ އެއީ އޭނާ ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ބުނެއެވެ.

ނަމަވެސް ރާކީ މިވަނީ މިއަހަރުގެ ބިގްބޮސް ގެއަށް ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވާން ފިރިމިހާއާއެކު އައިސްފައެވެ. އެންމެފަހުން ބިގްބޮސް ގެއަށް ވެއްދި ވީއައިޕީ މެންބަރުންގެ ތެރޭގައި މީގެ ކުރިން ބިގްބޮސް ޝޯތަކުގައި ބައިވެރިވި ރާޝްމީ ދެސާއީ، ޑެވޮލީނާ ބެޓާޖީ އަދި ރާކީ ސާވަންތުގެ އިތުރުން ހަތަރު ވަނަ ވީއައިޕީއެއްގެ ގޮތުގައި ރިތޭޝް ބިގްބޮސް ގެއަށް ވަނީ ވަދެފައެވެ.

ރާކީ ސާވަންތުގެ ފިރިމީހާގެ ފެނިލުމާއެކު މީހަކު ކޮށްފައިވާ ޓުވީޓެއް--

ޝޯގެ ތެރެއިން މި ދެމީހުން ވަނީ އެކަކު އަނެކަކާ ގުޅުނު ގޮތް ކިޔައިދީފައެވެ. ރިތޭޝް ބުނިގޮތުގައި އޭނާ ފުރަތަމަ ރާކީއާ ވާހަކަ ދައްކަން ޓެކްސްޓު ކުރުމުން ރާކީ ވަނީ އޭނާ ބުލޮކް ކޮށްލާފައި ކަމަށާއި ނަމަވެސް ކެނޑިނޭޅި މަސައްކަތް ކޮށްގެން އެންމެފަހުން ރާކީއާ ވާހަކަ ދެއްކޭ ގޮތް ވި ކަމަށެވެ. ކައިވެންޏަށް ރިތޭޝް ގާތުން އެދުނީ ރާކީ ކަމަށާއި ދެމީހުން ކައިވެނި ކުރީ މީގެ ދެ އަހަރު ކުރިން ކަމަށް މި ދެމީހުން ވަނީ ބުނެފައެވެ. އަދި ކޮވިޑުގެ ސަބަބުން ލޮކްޑައުން ވި އިރު ރިތޭޝް ހުރީ ލަންޑަނުގައި ކަމަށާއި ރާކީ ބިގްބޮސް 14 ގައި ބައިވެރިވީ ކަމުގައި އެމީހުން ބުނެއެވެ.

ރާކީގެ ފިރިމީހާ ރިތޭޝް ބިގްބޮސް15 ގެއަށް ވައްދަން ކުލަގަދަ ކޮށް މަރުހަބާ ކިޔާތަން ވަނީ ފެނިގެން ގޮސްފައެވެ.