ބާރަ މީހަކު ޕޮޒިޓިވްވެ، ށ. ކޮމަންޑޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ސިނާން "ވަން" އަށް މިރޭ ވިދާޅުވީ އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ރެންޑަމްކޮށް ނެގި ދެ ސާމްޕަލެއް ކަމަށެވެ. އެ ދެ ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އެ ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންއިން އިތުރު 45 ސާމްޕަލެއް ނަގައި ޓެސްޓް ކުރުމުން އިތުރު ދިހަ މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްތަކާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހަވީރު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް ސިނާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތާއި މީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިހާތަނަށް 47 އަށްވުރެ ގިނަ މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު