މިއަހަރުގެ ރަންނަމާރި ޗެލެންޖު (ގައުމީ ޝޯޓްބޯޑް ރާޅާއެޅުމުގެ މުބާރާތް)ގެ ޑިޖިޓަލް ޕާޓުނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
އެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައި، މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އުރީދޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ހުސެއިން ނިޔާޒެވެ.
މިއަހަރު ބާއްވާ "ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖު" ކުރިއަށްދާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މުބާރާތުގައި ރާއްޖޭގެ 25 ރަށަކުން 102 ރާޅާއެޅުންތެރިން ވާދަކުރާނެއެވެ.
ރަންމާރި ޗެލެންޖަކީ 2000 ވަނަ އަހަރު ވުޖޫދުވި، މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 2001 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެވެ. މިއީ ރާއްޖޭގައި ބާއްވާ ރާޅާއެޅުމުގެ އެންމެ ބޮޑު މުބާރާތެވެ.
ރަންމާރި ޗެލެންޖަށް ނަން ދެވިފައިވަނީ ފްލޯކް ވާހަކައެއް ކަމަށްވާ "ރަންނަމާރި"އާ ގުޅުވައިގެންނެވެ.
ރަންމާރި ޗެލެންޖުން އެއްވަނަ ހޯދާ ރާޅާއެޅުންތެރިޔާއަށް ރާއްޖޭގެ އެންމެ މޮޅު ރާޅާއެޅުންތެރިޔާގެ ލަގަބު އަރުވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު