ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސް ކައިރީ ހުންނަ މިފްކޯގެ މަސް ފިހާރަ ފަޅާލައިފިއެވެ.
ފުލުހުން ބުނީ، އެ ފިހާރަ ފަޅާލައިފައިވަނީ މިރޭ 7:55 ހާއިރު ކަމަށެވެ. އެ ފިހާރަ ފަޅާލައި 41،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިފްކޯ މަސްފިހާރަ ފަޅާލި މައްސަލައިގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަގުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު