ގައުމީ އެއާލައިން، މޯލްޑިވިއަނުން ފޯރުކޮށްދޭ ކާގޯގެ ހިދުމަތް އޮޓޮމޭޓް ކޮށްފިއެވެ.
މޯލްޑިވިއަންގެ ކާގޯ ޑިޕާޓުމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ސަލީމް "ވަން" އަށް މިއަދު ވިދާޅުވީ، މީގެ ކުރިން މޯލްޑިވިއަނުން ކާގޯގެ ހިދުމަތްތައް ދެމުން އައީ މެނުއަލްކޮށް ކަމަށާއި ނަމަވެސް އިއްޔެއިން ފެށިގެން އެ ހިދުމަތް އޮޮޓޮމޭޓް ކޮށްފައިވާ ކަމަށެވެ.
"މިހާރު ކަސްޓަމަރުންނަށް ޕޭބިލްގެ ކޮޕީއެއް އޮންލައިންކޮށް ލިބޭނެ. އެކަމުގެ ސަބަބުން ކަސްޓަމަރުންގެ ވަގުތުވެސް ސަލާމަތްވާނެ،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ކާގޯ ސިސްޓަމް އޮޓޮމޭޓް ކުރި ނަމަވެސް، އަދިވެސް ބައެއް ހިދުމަތްތައް ދިނުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެގޮތުން ކަސްޓަމަރު އަމިއްލައަށް ކާގޯ ޓްރޭސްކޮށްލުމަށް އަދި ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް ވިދާޅުވިއެވެ.
"ވަރަށް ގިނަ އެހެން އޮފީސްތަކާ ގުޅިފައިވާ ކަންތައްކެއްވީމަ ލަސްވެގެން މިއުޅެނީ،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން މޯލްޑިވިއަންގެ އެކްސްޕްރެސް ކާގޯގެ ހިދުމަތްވެސް ވެސް އޮޓޮމޭޓް ކުރާނެ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ މަސައްކަތަކީ، މޯލްޑިވިއަންގެ ވެބްސައިޓަށް ކާގޯ ހިދުމަތްތައް ހޯދުމަށް ބޭނުންކުރާނެ ލިންކް ލުމުގެ މަސައްކަތް ކަމަށާއި އެ ކަންތައްވެސް ވަރަށް އަވަހަށް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު