ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ހަރަދުގައި ހުޅުމާލެއިން ބިމެއް ގަނެގެން މެޑިކަލް ސްކޫލު އިމާރާތް ކުރަން ޖެހޭތީ، އެކަން ކުރެވެން ނެތް ކަމަށް އެ ޔުނިވަސިޓީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން އެ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވީ، އެމްއެންޔޫގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނޭ ފައިސާގެ ތެރެއިން ހަތަރު ވަރަކަށް މިލިއަން ޑޮލަރަކީ މެޑިކަލް ކޮލެޖެއް އިމާރާތްކުރަން ބޭރު ގައުމަކުން ހަދިޔާ ކޮށްފައިވާ ފައިސާ ކަމަށެވެ.
"މެޑިކަލް ސްކޫލެއް އެޅޭ ކަށް ނެތް. އެއީ ވާ ގޮތަކީ މެޑިކަލް ސްކޫލު އަޅަން ބޭނުންވާ ބިމެއް އަސްލު ޖެހޭނީ ޔުނިވަސިޓީން އެޗްޑީސީން ގަންނަން. އެތަނަށް ދޭ 275 މިލިއަން ރުފިޔާ. މި ފައިސާ މިގޮތަށް އޮންނަތާ ވެއްޖެ ދެ އަހަރު، ތިން އަހަރު،" ޗާންސެލަރު ވިދާޅުވިއެވެ.
ރާއްޖޭގައި އެމްބީބީއެސް ކިޔަވަދޭން ފަށަން ނިންމާފައި އޮތީ ޕާކިސްތާން ސަރުކާރު ދީފައިވާ ފަސް މިލިއަން ޑޮލަރުގެ އެހީއަކާއެކުއެވެ. އަންނަ 2022 ވަނަ އަހަރަށް އެމްއެންޔޫއަށް ދޭން ކަނޑައަޅާފައިވާ ބަޖެޓަކީ 175.5 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 4.7 މިލިއަން ރުފިޔާއަކީ ހިލޭ އެހީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު