ބޮކްސް އޮފީހުގައި ކާމިޔާބު ހޯދަމުން އަންނަ ރޯހިތު ޝެޓީގެ ފިލްމު ''ސޫރްޔަވަންޝީ'' ބޮޑު އަގެއްގައި ނެޓްފްލިކްސަށް ވިއްކާލައިފިއެވެ.
އެންމެފަހުގެ ހަބަރުތައް ބުނާގޮތުގައި މި ފިލްމު ނެޓްފިލްކްސް އިން ވަނީ 100 ކުރޯޅު އިންޑިއާ ރުޕީސްއަށް ގަނެފައެވެ. އަކްޝޭ ކުމާރު އަދި ކަޓްރީނާ ކައިފް ލީޑު ރޯލު ކުޅެފައިވާ ސޫރްޔަވަންޝީ ނެޓްފްލިކްސްއިން ގަނެފައިވާއިރު ނެޓްފްލިކްސްގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވަނީ މި ފިލްމު ތިއޭޓަރުތަކުގައި ޕްރިމިއާ ކުރިތާ އެއް މަސްދުވަސް ފަހުންކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމު ޑިސެމްބަރު މަހުގެ 11 އިން ފެށިގެން ނެޓްފްލިކްސް ގައި ޕްރިމިއާކުރާކުރާނެ ކަމަށް ގިނަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، ބޮލީވުޑް ހަންގާމާއިން ވަނީ މިފިލްމު ނެޓްފްލިކްސްގައި ޑިސެމްބަރު 4 ވަނަ ދުވަހު ޕްރިމިއާކުރާނެކަމަށް ރިޕޯޓުކޮށްފައެވެ.
ސޫރްޔަވަންޝީ އަކީ ރޯހިތު ޝެޓީގެ ކޮޕް ޑްރާމާގެ ދަށުން އުފައްދާފައިވާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން ރޯހިތު ޝެޓީ ''ސިންގަމް'' އަދި ''ސިމްބާ'' އުފައްދާފައިވާއިރު ދެފިލްމުގެ ލީޑު ކުޅެދީފައިވާ އަޖޭ ދޭވްގަން އަދި ރަންވީރު ސިންގު އެ ކެރެކްޓާތަކުގެ ގޮތުގައި ''ސޫރިޔަވަންޝީ'' އިން ވެސް ފެނިގެންދެއެވެ.
ޕެންޑެމިކުގެ ތެރޭގައި އިންޑިއާގެ ތިއޭޓަރުތައް ދެވަނަ ބުރަށް ހުޅުވާލުމަށްފަހު ދިވާލީއާއި ދިމާކޮށް ރިލީސްކުރި މިއީ ފުރަތަމަ ފިލްމަށްވެފައި ބޮކްސް އޮފީހުގައި ސޫރްޔަވަންޝީ އަންނަނީ ރަނގަޅު އާމްދަނީއެއް ހޯދަމުންނެވެ. މިހާތަނަށް 127.5 ކުރޯޅުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި މިފިލްމުން ހޯދާފައިވާކަމަށް ބޮކްސްއޮފީސްއިންޑިއާ.ކޮމް އާއި ހަވާލާދީ މީޑިއާ ހަބަރުތައް ބުނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން