އާރްޔަން ހާން މަސްތުވާތަކެތީގެ މައްސަލަ ތަހުގީގުގައި ހިމެނޭ އެންސީބީގެ ޒޯނަލް ޑިރެކްޓަރު ސަމީރު ވަންކެޑެ މައްސަލަ ބެލުމުން އެކަހެރިކުރިކަމުގެ ހަބަރުތަކެއް ފެތުރިފައިވީ ނަމަވެސް އެއީ ދޮގު ހަބަރުތަކެއް ކަމަށް އެންމެފަހުގެ ރިޕޯޓުތައް ބުނެފިއެވެ.
ސަމީރު ހިމެނޭ އެންސީބީގެ މުމްބާއީ ޒޯނަލް ސްޕެޝަލް ޓީމާ އެކު މަސައްކަތްކުރުމަށް އެސްއައިޓީ (ސްޕެޝަލް އިންވެސްޓިގޭޝަން) ޓީމެއް ވަނީ އެކުލަވާލައިފައެވެ. އެންސީބީގެ އިސް އޮފިސަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް އިންޑިއާގެ މީޑިއާއަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ތަރީންނާ ގުޅުން ހުރި މަސްތުވާތަކެތީގެ 6 މައްސަލައެއް ބެލުމުގައި މި ދެޓީމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ''އާރްޔަން ހާންގެ ކޭސްގެ އިތުރުން ސާމިރު ހާން އަދި އަރްމާން ކޯލީ އާ ގުޅުން ހުރި އިތުރު 5 ކޭހެއް އެ ޓީމުތަކުން ގުޅިގެން ބަލަމުން ގެންދިއުމަށް ވަނީ ހަމަޖެހިފައި'' މީޑިއާއަށް މައުލޫމާތު ދިން އޮފިސަރު ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އިންޑިއާގެ އީޓައިމްސް އިން އެންސީބީ އާ ސުވާލު ކުރުމުން ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އޮޕަރޭޝަންސް ސަންޖޭ ސިންގު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް މައްސަލަ ބެލުމާ ހަވާލުވެގެން އުޅޭ ޓީމުން އެއްވެސް އޮފިސަރަކު ވަކި ނުކުރާ ކަމަށާއި ތަހުގީގުކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަން ކަށަވަރުކޮށްދޭ ކަމަށެވެ.
ސަމީރު މި މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތުން ދުރުކުރި ކަމުގެ ވާހަކަތަކަށް އިއްޔެ އޭނާވެސް ވަނީ ރައްދުދީފައެވެ. އޭންއެންއައި އަށް އެކަމާ ގުޅިގެން ދިން އިންޓަވިއުއެއްގައި ސަމީރު ބުނެފައިވަނީ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އެސްއައިޓީގެ ޓީމެއް ވެސް އައްޔަނު ކޮށްފައިވަނީ މިފަދަ މައްސަލަތައް ބެލުން ފުޅާކޮށް ދިއްލީ އަދި މުމްބާއީގެ އެންސީބީ ޓީމުތައް ގުޅިގެން މަސައްކަތް ކުރުމަށް ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން