ހޮންޑާގެ އައުޓްބޯޑް އިންޖީނު ރާއްޖެ އަށް ތައާރަފުކޮށް، ހޮންޑާ މެރިންގެ ނަމުގައި ޝޯރޫމެއް ރޭ ހުޅުވައިފި އެވެ.
މި ޝޯރޫމް ހުޅުވައި ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ މެރިން ދާއިރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.
މެރިން އިންޑަސްޓްރީގެ ތަޖުރިބާކާރު ހިދުމަތް ދެމުން އަންނަ ޑީބްލޫ މެރިންގެ ސަބްސިޑަރީ ކުންފުނި، މެރިން ވައިބް ޕްރައިވެޓް ލިމިޓެޑުން އޯކިޑު މަގުގައި ހުންނަ މ. ނިމްސާ ވިއުގެ ތިރީ ބައިގައި ހުޅުވި ހޮންޑާ މެރިން ޝޯރޫމު މެދުވެރިކޮށް ކަސްޓަމަރުންނަށް ހޮންޑާ އައުޓްބޯޑް އިންޖީނަށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށް އެކުންފުނީގެ ޑިރެކްޓަރު، މުހައްމަދު ހަނީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހޮންޑާ އައުޓްބޯޑް އިންޖީނު ރާއްޖެއަށް ތައާރަފު ކުރީ އެ ޑިމާންޑް އޮތުމުން ކަމަށެވެ. އެކަމުގެ ހެއްކަކީ މިހާރު ގެނެސްފައި ހުރި ސްޓޮކް އެއްކޮށް ހުސްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނީފް ވިދާޅުވީ ރޭ ތައާރަފު ކުރި ހޮންޑާ އިންޖީނަކީ، ބާޒާރުގައި އެންމެ ރަނގަޅު ފިއުލް ކޮންސަމްޕްޝަން އިންޖީނަށް ވާނެކަން ޔަގީންވާ ކަމަށެވެ. އަދި މި އިންޖީނު ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން މެރިން ވައިބް ހޮންޑާ ކުންފުނިން ވެސް ޓެސްޓުތަކެއް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.
"އިންޖީނު އިހުތިޔާރު ކުރުމުގައި ނުވަތަ މިހާރު ބޯޓުގައި އާ އިންޖީނެއް އަޅާއިރު، ހިމޭން އެފިޝިއަންޓް، އަދި ރިލަޔަބިލިޓީ، ޑެލިވަރީ ކުރުމަށް ހޮންޑާ އައުޓް ބޯޑު ތަޖުރިބާ ކޮށްލައްވާ! ހޮންޑާ އަކީ 1964 ވަނަ އަހަރު ޑިޕެންޑަބަލް ހަތަރު ސްޓްރޯކް އައުޓްބޯޑު އޮޕްޝަންސް ދިން ދުނިޔޭގެ ފުރަތަމަ މެރިން މެނުފެކްޗަރާ. ހޮންޑާ މެރިންގައި މައްސަލައެއް ނުޖެހޭނެ. މީ އިންޖީނެއްގެ ގޮތުން ވަރަށް ރަނގަޅު ހަރަދު ކުޑަ އިންޖީނެއް." އޭނާ ވިދާޅުވި އެވެ.
ހޮންޑާ މެރިން އިން ރާއްޖެ އަށް ތައާރަފު ކުރީ 15 އިން ފެށިގެން 250 ހޯސްޕަވަރާ ދެމެދުގެ އިންޖީނެވެ. މި ޝޯރޫމުން ހޮންޑާ އައުޓްބޯޑު އިންޖީނާއި އިންޖީނަށް ބޭނުންވާ ސްޕެއާޕާޓް ތަކާއި އެހެނިހެން ސާމާނު ވެސް ލިބެން ހުންނާނެ ކަމަށް މެރިން ވައިބް އިން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު