މަސްތުވާތަކެތީގެ މައްސަލައިގައި ބޮލީވުޑް ސުޕަސްޓާ ޝާހުރުކްހާންގެ ދަރިފުޅު އާރްޔަން ހާން މިދިޔަމަހު ޖަލުގައި ދުވަސްތައް ހޭދަކުރުމަށްފަހު ހޮނިހިރު ދުވަހު ވަނީ ކަފާލާތުގެ ދަށުން މިނިވަން ވެ ގެއަށް ގެންގޮސްފައެވެ.

ޝާހްރުކް ހާންއަކީ އޭނާއަށް ހާއްސަކޮށްފައިވާ ބޮޑީގާޑަކާ އެކު ތަންތަނަށް ގޮސް ހަދާ މީހަކަށްވާއިރު ޝާހްރުކު މިވަނީ އާރްޔަންއަށްވެސް ވަރަށް އަވަހަށް ބޮޑީގާޑެއް ހަމަޖެއްސުމަށް ނިންމާފައެވެ. އާއިލާއާ ހަވާލާދީ ގާތް މީހަކު މީޑިއާއަށް މައުލޫމާތު ދީފައިވާގޮތުގައި އާރްޔަންގެ ހައްޔަރަށްފަހު ޝާހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. އަދި އާރްޔަން އަށް ކުރިންވެސް ބޮޑީގާޑެއް ހަމަޖައްސައިދެވިފައި ވާ ނަމަ ކަންތައް އެހިސާބަށް ނުދާނެ ކަމަށް ޝާހުރުކު ގަބޫލު ކުރާ ކަމަށާއި، އެހެންކަމުން އާރްޔަން އަށް ހާއްސަކޮށް ބޮޑީގާޑަކު ވަރަށް އަވަހަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމުގައި އޭނާ ބުނެއެވެ.

23 އަހަރުގެ އާރްޔަން ހާން ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާ އެކުގައެވެ. އެގޮތުން ކޮންމެ ހުކުރުދުވަހަކު އެންސީބީއީ އަށް އޭނާ ރިޕޯޓު ކުރަން ޖެހެއެވެ.