ޝަރުތު ހަމަނުވާ ދަރިވަރުން ކޯސްތަކުގައި ބައިވެރިކޮށް، ކަނޑައަޅާފައިވާ އުސޫލުތަކުން ބޭރުން ސަނަދު ދޫކުރާ މައްސަލައިގައި ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓު (ސީއައިޓީއެމް)ގެ މަތީ ތައުލީމު ހުއްދަތައް ބާތިލުކޮށްފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ސީއައިޓީއެމްގެ މަތީ ތައުލީމު ޕްރޮގްރާމުތަކުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
- ސީއައިޓީއެމްގައި ހިންގާ މަތީ ތައުލީމު ޕްރޮގްރާމުތަކަށް ޝަރުތު ހަމަނުވާ ދަރިވަރުން ވެއްދުން
- ކޯސް ނިންމާ ދަރިވަރުންނަށް ސެޓިފިކެޓް ދިނުމުގެ ކުރިން "ސުޕަވިޝަން" މަރުހަލާ ފުރިހަމަނުކުރުން
- "ސުޕަވިޝަން" މަރުހަލާ ފުރިހަމަނުކޮށް ހުއްދަ ނެތި ދަރިވަރުންނަށް ސެޓިފިކެޓް ދޫކުރުން
- ސީއައިޓީއެމްގެ ޕްރޮގްރާމުތައް ފުރިހަމަކުރާ ދަރިވަރުންނަށް ސެޓްފިކެޓް ނުދިނުމާއި ސެޓްފިކެޓް ދިނުން ލަސްވުން
- 2014 ވަނަ އަހަރުން ފެށިގެން ހުށަހަޅަން ޖެހޭ "ބިފޯ ކޮމިސިން ފޯމް" ހުށަހަޅާފައި ނުވުން
ސީއައިޓީއެމްގެ ހުއްދަތައް ހިފަހައްޓައި ބްލެކްލިސްޓް ކުރި ނަމަވެސް މިހާރު ނަގާފައިވާ ބެޗުުތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން އެމްކިޔުއޭގެ ހުއްދަ އެބައޮތެވެ.
އެމްކިޔުއޭގެ އިއުލާނުގައި ބުނީ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ސީއައިޓީއެމްއަށް އެއް މަސް ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށާއި އެ މުއްދަތުގައި ލިޔެކިޔުންތައް ހުށަނާޅައިފިނަމަ އެ މަރުކަޒުގެ ރަޖިސްޓްރީއާ މެދު ފިޔަވަޅު އަޅަން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު