ކ. ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފިއެވެ.
އެ މަޝްރޫއު ކުރިއަށްގެންދިޔަ އެމްޓީސީސީން ބުނީ، އެ މަޝްރޫއު ނިންމާލައިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 1.8 މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 183 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.
އެ މަޝްރޫއަކީ 8.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އެ މަސައްކަތް ފެށީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.