ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ނޫސް މަޖައްލާތަކުގެ މަސްއޫލުވެރިޔާ، އެޑްރެސް، ފޯނު ނަމްބަރު ނުވަތަ އީމެއިލް އެޑްރެސްއަށް ބަދަލެއް އައިސްފައިވާ ކަމަށްވާނަމަ، އެ މައުލޫމާތެއް މިމަހުގެ 30 ވަނަ ދުވަހުގެ 13:00 ޖެހުމުގެ ކުރިން މަސްއޫލުވެރިޔާ ސޮއިކޮށްފައިވާ ސިޓީއަކާއެކު ހޯމް މިނިސްޓްރީއަށް ހުށަހެޅުން އެދޭ ކަމަށެވެ. ހޯމް މިނިސްޓްރީން އެ މައުލޫމާތު އެއްކުރަނީ ނޫސްތަކުގެ މައުލޫމާތު އަޕްޑޭޓް ކުރުމަށެވެ.
ނޫސް މަޖައްލާތަކުގެ މައުލޫމާތު އެއްކުރުމުގެ އިއުލާނާއެކު ހޯމް މިނިސްޓްރީން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ނޫސް މަޖައްލަތާކެއްގެ ލިސްޓު ވެސް އާއްމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ އަދަދު 228 އަށް އަރައެވެ. އޭގެ ތެރެއިން ކޮންމެ ދުވަހަކު ގަވާއިދުން ހަބަރުތައް ގެނެސްދެނީ މަދު ނޫހަކުންނެވެ.
ރާއްޖޭގައި ހިންގާ އޮންލައިން މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބާރު ގާނޫނުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ދީފައިވީ ނަމަވެސް، ނޫސްތަކުގެ ރަޖިސްޓަރީ ބަލަހައްޓަނީ ހޯމް މިނިސްޓްރީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު