އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދާދި ފަހުން ވަނީ އެއް ދުވަހަށް ހޮސްޕިޓަލުގައި އެނދުމަތި ކުރުމަށްފަހު ދޫކޮށްލައިފައެވެ.
ރާނީ އެލިޒަބަތު ހޮސްޕިޓަލުން ދޫކޮށްލުމަށްފަހުވެސް ޑޮކްޓަރުން ވަނީ އެ ކަމަނާ ކުރިއަށް އޮތް ދެ ހަފުތާ ވަންދެން އަރާމު ކުރުމަށް އިރުޝާދު ދީފައެވެ.
ބަކިންހަމް ޕެލަސް އިން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ރާނީ އެލިޒަބަތު ބޭރަށް ނުކުމެވަޑައިގެން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް ނުކުރެއްވުމަށާއި ގަނޑުވަރުގައި އިންނަވައިގެން ކުރެއްވޭނެ ކުދި ކުދި މަސައްކަތްތައް ކޮށްލެއްވުން އެންމެ ރަނގަޅު ކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާކަމަށެވެ.
މި ކަމުގެ ސަބަބުން އަންނަ މަހުގެ 13 ވަނަ ދުވަހު އޮންނަ ފެސްޓިވަލް އޮފް ރިމެމްބްރަންސް ގައި އެކަމަނާއަށް ބައިވެރިވެވަޑައިނުގެންނެވޭނެ ކަން ވަނީ މި ބަޔާނުގައި ހާމަކޮށްފައެވެ. ނޮވެމްބަރު 13 ވަނަ ދުވަހުގެ ހަރަކާތުގައި އެކަމަނާ އަށް ބައިވެރިވެވަޑައި ނުގެންނެވުނު ނަމަވެސް ނޮވެމްބަރު 14 ގައި އޮންނަ ރިމެމްބްރަންސް ޑޭގެ ނެޝަނަލް ސާވިސް ހަރަކާތުގައި ބައިވެރިވެޑައިގަތުމަށް އެކަމަނާ ގަސްދު ކުރައްވާ ކަމުގައި ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން ބަކިންހަމް ޕެލަސް އިން ނެރުނު ބަޔާނެއްގައި ވަނީ ގްލެސްގޯގައި ކުރިއަށް ދާ ކޮޕް26 ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖު ސަމިޓުގައި އެކަމަނާއަށް ބައިވެރިވެވަޑައިނުގެންނެވޭނެ ކަންވެސް ހާމަކޮށްފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް