ބޮލީވުޑުގެ ގިނަ ފިލްމުތަކުގަ އާއި އިންޑިއާގެ ގިނަ ޓީވީ ޝޯތަކުގައި ހަރަކާތްތެރިވެފައިވާ ޔޫސުފް ހުސައިން މަރުވެއްޖެއެވެ.
މިއަދު ހެނދުނު ޔޫސުފް ހުސައިން މަރުވި ހަބަރު އެންމެ ފުރަތަމަ ހިއްސާކުރީ އޭނާގެ ދަނބިދަރިފުޅު އަދި ފިލްމު ޑައިރެކްޓަރެއް ކަމަށް ހަންސަލް މެހެތާއެވެ.
ހަންސަލް މެހެތާ އޭނާގެ ބަފައިބެ މަރުވި ހަބަރު ހިއްސާކުރަމުން ބުނެފައިވާ ގޮތުގައި ޔޫސުފް ހާން އަކީ ވަރަށް ރަނގަޅު ބައްޕައެކެވެ. ހަންސަލް އުފެއްދި ފިލްމު ''ޝާހިދު''ގައި ޔޫސުފް އެކްޓު ކުރިއިއިރު ހަންސަލް އަށް ޔޫސުފް ކުރި އިތުބާރު ފާހަގަކޮށް އެ ހަނދާން އާކޮށްފައިވެއެވެ. އަދި ގެއްލިގެން އެ ދިޔައީ އޭނާގެ ހަޔާތުގައި ވަރަށް މުހިއްމު މީހެއް ކަމުގައި ހަންސަލް ވަނީ ބުނެފައެވެ.
މި ހަބަރު ހިއްސާކުރުމާއެކު ޔޫސުފް އާއެކު ފިލްމު ''ކުޗް ނާ ކަހޯ'' އަދި ''ބޮބް ބިސްވާސް'' ކުޅެފައިވާ އަބިޝޭކް ބަޗަން ވެސް ވަނީ އޭނާގެ ހަނދާން އާ ކޮށްފައެވެ. އަބީޝޭކްގެ އިތުރުން މަނޯޖް ބަޗްޕާއީ އަދި ޕޫޖާ ބަޓް ފަދަ ގިނަތަރިން އަންނަނީ ތައުޒިޔާގެ މެސެޖުތައް ރައްދުކުރަމުންނެވެ.
ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައިވާ ޔޫސުފް ވަނީ މަގުބޫލު ޓީވީ ޝޯތަކެއްގައިވެސް އެކްޓުކޮށްފައެވެ. އޭނާ ފެނިގެން ގޮސްފައިވާ ކާމިޔާބު ޓީވީ ޝޯ ތަކުގެ ތެރޭގައި ''ސީއައިޑީ'' ''ކުމްކުމް'' ''ޝްޝްޝް....ކޮއި ހޭ'' އަދި ''މުއްލާ ނަސްރުއްދީން'' ފަދަ ޝޯތައް ފާހަގަކޮށްލެވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން