ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑު އަލީ އިމްއާން މުގުރާލައިފިއެވެ.
އިމްއާން އިއްޔެ މުގުރާލި ރެކޯޑަކީ ކުރިން މުބާލް އައްޒާމް 2017 ވަނަ އަހަރު ހަދާފައިވާ ރެކޯޑެކެވެ.
އިމްއާން ރެކޯޑު މުގުރާލީ މިހާރު ރަޝިޔާ ކަޒާންގައި ކުރިއަށްދާ ފީނާ ސްވިމިން ވޯރލްޑް ކަޕް 2021 ގައި ހީޓު ހަތަރެއްގައި ފެތި އިވެންޓުގައެވެ. މިއަދުގެ އިވެންޓުގައި އިމްއާން ރާއްޖޭގެ ރެކޯޑު މުގުރާލީ 100 މީޓަރުގެ ފިރިހެން މެޑްލޭ އިވެންޓް އެއް މިނެޓާއި 4.93 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މުބާލް 2017 ވަނަ އަހަރު ރެކޯޑު ހަދާފައި ވަނީ އެއް މިނެޓު، 10.13 ސިކުންތުން އިވެންޓް ނިންމައިގެންނެވެ. މުބާލް ރެކޯޑު ހެދީ ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާރޓްސް ގޭމްސްގައެވެ.
އިމްއާން މިފަހަރުގެ ސްވިމިން ވޯލްޑް ކަޕްގައި ވާދަކުރަނީ ދެ އިވެންޓެއްގައެވެ. އެއީ ފިރިހެން 50 މީޓަރު ބެކްސްޓްރޯކް އިވެންޓާއި 100 މީޓަރު މެޑްލޭ އިވެންޓުގައެވެ.
ރާއްޖެއިން މިފަހަރުގެ ސްވިމިން ވޯލްޑް ކަޕްގައި ވާދަކުރާ ހަމައެކަނި އެތުލީޓަކީ އިމްއާން އެވެ. އޭނާ ވޯލްޑް ކަޕްގައި ވާދަކުރަމުން އަންނަނީ މިވަގުތު ރަޝިޔާގެ ކަޒާންގައި ތަމްރީނުތައް ހަދަމުންދާތީއެވެ. މިފަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދަނީ އިމްއާން ތަމްރީނު ހަދަމުން އަންނަ ސެންޓަރުތަކުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު