މިމަހުގެ ދެ ވަނަ ދުވަހު ކުރޫޒު ޝިޕެއް ރެއިޑުކޮށް މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން ވަނީ ހައްޔަރުކޮށްފައެވެ.
އާރްޔަން ހާން ހައްޔަރުކުރުމާއެކު މި އޮޕަރޭޝަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެންސީބީގެ ޒޯނަލް ޑައިރެކްޓަރު ސަމީރު ވަންކެޑެއަށް ވަނީ ބޮލީވުޑުގެ ތަރިން ހިމެނޭހެން ގިނަ ބަޔަކު ފާޑުކިޔައިފައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައި، އެންސީބީގެ ފަރާތުން ސަމީރު އަންނަނީ ކޯޓުގެ އަޑުއެހުންތަކުގައި އާރްޔަން އާއި ދެކޮޅަށް ހެކިތައް ހުށަހަޅަމުންނެވެ.
އެންމެފަހުން ސަމީރުގެ މައްޗަށް މިވަނީ ރިޝްވަތު ނެގި ކަމުގެ ދައުވާ އުފުލައިފައެވެ. ބޮލީވުޑު ތަރި އަދި އާރްޔަންގެ ބައްޕަ ޝާހްރުކުހާންގެ އަތުން 25 ލައްކަ ހޯދާފައިވާކަމުގެ ތުހުމަތުކޮށް ސަމީރާ ދެކޮޅަށް މީހަކު ބަޔާން ދީފައިވާއިރު މިފަދަ ތުހުމަތުތައް ކުރަމުން އަންނާތީ ސަމީރު ވަނީ ފުލުހުންގެ ހިމާޔަތަށް އެދިފައެވެ. މި ތުހުމަތުތަކާ ގުޅިގެން އެންސީބީން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ.
އިއްޔެގެ ވަގުތެއްގައި ސަމީރު ވަނީ ދިއްލީގެ އެންސީބީ ހެޑްކުއާޓަރަށް ހާޒިރުކޮށްފައެވެ. ދިއްލީގެ ހެޑްކުއާޓަރަށް ހާޒިރުކޮށް މިމައްސަލައިގައި އެންސީބީގެ ޑިރެކްޓާ ޖެނެރަލް އެން. އެސް ޕުރަދާން އަށް ޖަވާބުދާރީވުމަށްފަހު ސަމީރު ވަނީ އެނބުރި މުމްބާއީ އަށް ގޮސް އާރްޔަންގެ މައްސަލަ ތަހުގީގު ކުރުމައިގެން ކުރިއަށް ދާން ފަށާފައެވެ.
ސަމީރުގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކާ ގުޅިގެން އެންސީބީގެ ވިޖިލެންސް ޑިޕާޓުމަންޓުގެ 5 މެންބަރުންގެ ޓީމަކުން އެމައްސަލަ ބެލުމަށް ވަނީ ހަވާލުކޮށްފައެވެ. މިމައްސަލައިގައި އޭނާއާ ދެކޮޅަށް ބަޔާންދިން ޕުރަބާކަރު ސާއިލްގެ މައްސަލަވެސް އެ ޔުނިޓުން ބެލުމަށް ވަނީ ނިންމާފައެވެ. ހަބަރުތައް ބުނާގޮތުގައި މިކަން ތަހުގީގުކުރުމުގެ ގޮތުން އެންސީބީ ވިޖިލަންސް ޔުނިޓުގެ ހެޑް ޑީޑީޖީ އެން.އާރް ގަނޭޝްވަރު ސިންގު މިއަދުގެ ވަގުތެއްގައި މުމްބާއީއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން