އިންޑިއާގެ 67 ވަނަ ނެޝަނަލް އެވޯޑުގެ ބެސްޓް އެކްޓްރެސް އެވޯޑު ބަތަލާ ކަންގަނާ ރަނޯތު އަށް ލިބިއްޖެއެވެ. މިއީ އޭނާ ނެޝަނަލް އެވޯޑު ކާމިޔާބު ކުރި ހަތަރު ވަނަ ފަހަރެވެ.
އިއްޔެ ކުރިއަށްދިޔަ ނެޝަނަލް އެވޯޑު ހަފުލާގައި ކަންގަނާ އަށް ބެސްޓް އެކްޓްރެސް އެވޯޑު ލިބިފައިވަނީ ''މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ'' އިން އަދި ''ޕަންގާ'' އިންނެވެ.
ކަންގަނާގެ އިތުރުން މަނޯޖު ބަޗްޕާއީ އަށް އޭނާ ކުޅެފައިވާ ފިލްމު ''ބޯންސްލޭ'' އަށް އެވޯޑެއް ލިބިފައިވާއިރު ޓެމިލް އެކްޓަރ ދަނުޝް ވަނީ ފިލްމު ''އަސުރަން'' އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދައިފައެވެ.
އިއްޔެގެ އެވޯޑު ހަފުލާގައި އެންމެ މޮޅު ފިލްމުގެ މަގާމު ޕްރިޔަދަރުޝަންގެ މަލަޔާޅަމް ފިލްމު ''އަރަބިކަޑަލިންތެ ސިމްހަމް''އަށް ލިބިފައިވާއިރު، ނެޝަނަލް ފިލްމު އެވޯޑު ޖޫރީ އިން އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވާފައިވަނީ ހިންދީ ފިލްމު ''ބަހައްތަރު ހޫރާއިން'' ގެ ޑައިރެކްޓަރު ސަންޖޭ ޕޫރަން ސިންގު އެވެ. އަދި ސުޝާންތު ސިންގް ރާޖުޕުތުގެ ''ޗިޗޯރޭ'' ވަނީ އެންމެ މޮޅު ހިންދީ ފިލްމަށް އެ ޕެނަލުން ހޮވައިފައެވެ. މި އެވޯޑުތައް ހަވާލުކޮށްދެއްވާފައިވަނީ އިންޑިއާގެ ނައިބު ރައީސް އެމް ވެންކައިއާ ނައިޑޫ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން