މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން އޭނާ ކައުންސިލަށް ހުށަހަޅުއްވާ ކަންކަން ހައްލުކޮށްދެއްވުމަށް ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަަށީގެންވާ މަސައްކަތް ނުކުރައްވާކަމަށް އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ކަންބޮޑުވުން ފާޅުކޮށް ނަހުލާ މިއަދު ނެރުނު ބާޔާނެއްގައި ވިދާޅުވީ ވިލިމާލޭގެ ކަންކަން ސިޓީ ކައުންސިލަށް ހުށަހަޅައިގެން ކުރަން ދަތިވެފައިވާ ކަމަށާއި ވިލިމާލޭގެ ކަންކަން މޭޔަރުގެ ސަމާލުކަމަށް ގެނައުމުންވެސް އެކަން ކަމަށް ހައްލެއް ހޯއްދަވައި ދެއްވަން މަސައްކަތް ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު މުގައްރިރަކަށް އިންނަވައި ވިލިމާލެ ސާވިސަސް ކޮމިޓީއަށްވެސް ވިލިމާލޭގެ ކަންކަން ހުށަހަޅައިގެން ކުރުމަށް ވަނީ ދަތިވެފައި. މޭޔަރުގެ ސަމާލުކަމަށް މިކަންކަން ގެނައުމުން ވެސް މިކަންކަމަށް ހައްލެއް ހޯއްދަވައި ނުދެއްވާކަން ފާހަގަކުރަން. ކައުންސިލު ބައްދަލުވުންތަކުގައިވެސް ވާނީ މި ވާހަކަ ދައްކައިފަ،" ނަހުލާ ވިދާޅުވިއެވެ.
ކަންބޮޑުވުން ފާޅުކޮށް ނަހުލާ ބަޔާނެއް ނެރެފައި މިވަނީ، ވިލިމާލޭގެ ސިނަމާލޭ ފްލެޓުތަކުގައި އުޅޭ ރައްޔިތުންތަކެއްގެ ކަންބޮޑުވުން ސިޓީ ކައުންސިލަށް ތަކުރާރުކޮށް ހުށަހެޅުމުންވެސް މޭޔަރު މުއިއްޒުގެ ފަރާތުން އެކަމަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތްކޮށްދީފައި ނުވާތީ ކަމަށް ވިދާޅުވެއެވެ.
އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ނަހުލާ ފާހަގަކޮށްފައިވަނީ އެ ފްލެޓްތަކަށް ފައިސާ ދައްކައި ނިމުމުންވެސް ފްލެޓްތައް އަމިއްލަ ވާނެ އުސޫލެއް ނެތުމެވެ. އެފަދަ އެކި މައްސަލަތައް ހިމެނޭ ގޮތަށް 31 އާއިލާއެއްގެ ޝަކުވާ އާއި ކަންބޮޑުވުން ކައުންސިލަށް ހުށަހެޅިކަމަށް ނަހުލާ ވިދާޅުވިއެވެ.
އެ ބަޔާނުގައި ނަހުލާ ވަނީ ވިލިމާލޭގެ އެކި ކަންކަމުގައި އޭނާ ހުށަހަޅާފައިވާ މައްސަލަތައް ކައުންސިލުން އެޖެންޑާކޮށް، ތަންފީޒުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު