ޅ. މާކޫގައި ރިހެބިލިޓޭޓް ކުރަމުންދާ ފްލެމިންގޯގެ ހާލު ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އެ ފްލެމިންގޯއަކީ ހއ. ބާރަށަށް ތިރިކުރި ފްލެމިންގޯ އައިނެއްގެ ތެރެއިން ހިފައި، ފިޔަކޮށައި ވިއްކަން އުޅެނިކޮށް ސަލާމަތްކުރި ދޫންޏެކެވެ.

އީޕީއޭއިން ބުނީ، އެ ދޫންޏަށް ޑޮކްޓަރުންގެ އެހީއާއެކު ފަރުވާ ދެމުން އައި ނަމަވެސް އޭގެ ހާލު ވަރަށް ދެރަ ކަމަށެވެ. އަދި ފްލެމިންގޯ ފަދަ ދޫނިތަކަކީ ސްޓްރެސްއާ ހެދި އެސޮރުމެންގެ ހާލު ދެރަވާ ކަހަލަ ދޫންޏެއް ކަމަށް ބުންޏެވެ.

އަދި ރާއްޖޭގައި އެފަދަ ޖަނަވާރުތަކަށް ފަރުވާ ދެވޭނެ ރަނގަޅު ފެސިލިޓީތައް ނެތުމުން ފަރުވާ ނުދެވޭނެ ކަމަށްވެސް ބުންޏެވެ.