މ. މުލައް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގޮސް މުޅި މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މިއަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ. ޖުމުލަ 17.6 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 412 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 105 ދުވަސް ތެރޭގައެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު