އޮންލައިން ވިޔަފާރީގައި މަކަރާއި އޮޅުވާލުމުގެ މައްސަލަތަކަކީ ވަރަށް ގިނައިން ހިނގަމުން އަންނަ ކަމެކެވެ.
އިންޑިއާގެ ކެރެއްލާގައި ދިރިއުޅެމުން އަންނަ ނޫރުލް އަމީން އަށް އޮޅުވައި ނުލެވުނީ އޮންލައިން ވިޔަފާރިކުރާއިރު މިކަހަލަ ކަމެއް ވެދާނެ ކަމަށް ކުރިއާލައި ހުޝިޔާރު ވެގެން ހުރުމުންނެވެ. ނޫރުލް އަމީން އެމަޒޯން އިން އައިފޯން 12 އަށް އޯޑަރުކުރީ އޮކްޓޫބަރު 12 ވަނަ ދުވަހުގައެވެ. އަދި މި އޯޑަރަށް އެމަޒޯން ޕޭ ކާޑުން އޭނާ ވަނީ 70،9000 އިންޑިއާ ރުޕީސް ދައްކާފައި ކަމަށް ދަ ނިއު އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓު ކުރެއެވެ.
ނޫރުލް އަމީންގެ އޯޑަރު ވަނީ މިމަހުގެ 15 ވަނަ ދުވަހު އޭނައަށް ލިބިފައެވެ. އޮންލައިން ވިޔަފާރިތަކުގައި މަކަރާއި ހީލަތް ހެދުމަކީ ހިނގަމުން އަންނަ ކަންތައްތަކެއް ކަން އެނގޭތީ ލިބުނު އޯޑަރު ކަނޑައިގެން ނަގާ މަންޒަރު އޭނާ ވީޑިއޯ ކުރިއެވެ. އޭނާއަށް ލިބުނު ޕާރުސަލް ހުޅުވިއިރު އައިފޯން ފޮށީގެ އެތެރޭގައި އޮތީ ވިމް ސައިބޯންޏަކާއި 5 ލާރިއެވެ.
މިމައްސަލަ ވަގުތުން އޭނާ ވަނީ ސައިބަރ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކޮށްފައެވެ. ސައިބާ ފުލުހުން މި މައްސަލަ ތަހުގީގު ކުރުމަށް ފޯނު ކަވަރުގައި ހުންނަ އީއެމްއީއައި ނަމްބަރު ބޭނުންކުރިއެވެ. މި ނަންބަރު ބޭނުންކޮށްގެން އެނގުނީ އެ ފޯނު ސެޕްޓެމްބަރުމަހުން ފެށިގެން ޖަރުކަންދުގައި ބޭނުންކުރަމުން އަންނަކަމެވެ. މިކަން އެމެޒޯން އަށާއި ޓެލެންގަނާއިން އެމެޒޯންއަށް ވިޔަފާރިކޮށްދޭ ފަރާތުގެ ސަމާލުކަމަށް ގެނައެވެ.
އަދި އޮކްޓޫބަރުމަހު އޯޑަރު ކުރި ފޯނެއް ސެޕްޓެމްބަރު 25 އިން ފެށިގެން ޖަރުކަންދުގައި ބޭނުންކުރަމުންދާކަން އެފަރާތްތަކަށް ވަނީ އަންގައިފައެވެ. ޓެލެންގަނާއިން އެމަޒޯންއަށް ވިޔަފާރިކޮށްދޭ ފަރާތުން ބުނީ މިމައްސަލަ އެފަރާތުގެ ސަމާލުކަމަށް ގެނައިއިރު އައިފޯން12 ގެ ސްޓޮކު ވަނީ ހުސްވެފައިކަމުން، ނޫރުލް އަމީން ދެއްކި ފައިސާ އޭނާއަށް އަނބުރާ ރައްދުކޮށްދޭނެ ކަމަށެވެ. އަދި މިހާރު އެ ފައިސާ އޭނާއަށް އަނބުރާ ލިބިފައިވާކަމުގައި ނޫރުލް އަމީން ބުނެފައިވާކަމަށް އެ ނޫހުން ރިޕޯޓުކުރެއެވެ.
މި މައްސަލައިގައި ގޯސް ހަދާފައިވަނީ ލޯކަލް އެޖެންޓެއް ކަމަށް ވަނީ ބެލެވިފަ އެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް